Surah Al-Humaza — The Traducer

Surah Al-Humaza (The Traducer) is chapter 104 of the Quran, with 9 verses. This page presents the Arabic text with a Dhivehi translation, verse by verse.

وَيۡلࣱ لِّكُلِّ هُمَزَةࣲ لُّمَزَةٍ

غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ

Ayah 1

ٱلَّذِي جَمَعَ مَالࣰ ا وَعَدَّدَهُۥ

އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ

Ayah 2

يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ

ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ

Ayah 3

كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ

Ayah 4

وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ

އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Ayah 5

نَارُ ٱللَّهِ ٱلۡمُوقَدَةُ

(އެއީ) اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ

Ayah 6

ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ

އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ

Ayah 7

إِنَّهَا عَلَيۡهِم مُّؤۡصَدَةࣱ‏

ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ

Ayah 8

فِي عَمَدࣲ مُّمَدَّدَةِۭ

(އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ

Ayah 9